މިނިޓެއްގެތެރޭ 153 މީހުން ގައިގައި ބައްދައިގެން ރެކޯޑެއް މުގުރާލައިފިއެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގެ ގިނަ އަދަދެއްގެ ރެކޯޑް ގާއިމު ކުރަމުން އަންނަ ޑޭވިޑް ރަޝް ނަމަކަށް ކިޔާ މީހަކު ވަނީ މީގެ ކުރިން ހަދާފައިވާ މިނިޓެއްގެ ތެރޭ 138 މީހުންގެ ގައިގައި ބައްދައި ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ.
ރަޝް އޭނާގެ ރެކޯޑު ގާއިމު ކުރުމަށް ވަނީ 163 މީހުންގެ ގައިގައި ބައްދާފައެވެ. ނަމަވެސް ދުނިޔޭގެ ރެކޯޑް ފޮތުގެ އޮފިޝަލުން އޭނާގެ ރެކޯޑް ދިރާސާކުރުމަށް ވީޑިއޯ ސްލޯ ކޮށްގެން ބެލުމަށްފަހު ނިންމާފައިވަނީ އެނާ ބައްދާފައިވަނީ 153 މީހުންގެ ގައިގައި ކަމަށެވެ.
ޑޭވިޑް ރަޝް ވަނީ މިހާތަނަށް 250 ރެކޯޑް ގާއިމުކޮށް ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައެވެ.
އެކި ބާވަތުގެ ރެކޯޑް ހެދުމަށް މަޝްހޫރު ވެފައިވުމުން އޭނާގެ ފޮލޯވަރުން ވަނީ ޔޫޓިއުބް އާއި ޓިކްޓޮކްގައި މިލިއަނަކަށްވުރެން މައްޗަށް އަރާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ