އުސާމާ ބިންލާދިން މަރާލިކަމަށް ބުނާ މީހާ ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ނޭވީ ސީލްގައި މަސައްކަތް ކުރި ރޮބާޓް އޮނެއިލް ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކޮށްފައިވަނީ ޓެކްސަސްގައި ހިނގި މާރާމާރީއެއްގައީ މީހަކަށް ހަމަލާދީ ޒަހަމް ކޮށްލުމުގެ ސަބަބުންނެވެ. ހައްޔަރު ކުރުމަށްފަހު އޭނާ ވަނީ 3500 ޑޮލަރު ދެއްކުމުން ކޯޓުން ދޫކޮށްފައެވެ.
ރޮބަޓް ވަނި ހައްޔަރު ކުރި މައްސަލައިގައި އެއްވެސް ކޮމެންޓެއް ކުރުމަށް ދެކޮޅު ހަދާފައެވެ. އޭނާ ވަނީ މީގެ ކުރިން 2020 ވަނަ އަހަރުވެސް ޑެލްޓާ އެއާލައިންގައި މާސްކު އެޅުމަށް އިދިކޮޅު ހެދުމުން އެ އެއާލައިނުން ބޭން ކޮށްފައެވެ.
2016 ވަނަ އަހަރުވެސް ރޮބާޓް ވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ކާރު ދުއްވަނިކޮށް ވެސް ހައްޔަރުކޮށްފައެވެ.
ރޮބާޓް ވަނީ 2011 ވަނަ އަހަރު އެމެރިކާއިން ހިންގި އޮޕަރޭޝަންގައި އުސާމާ ބިންލާދިން މަރާލީ އޭނާ ބަޑިޖަހައިގެން ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ