އޮސްޓްރޭލިއާގައި ކުރިޔަށްދާ މިލިޓަރީ ޑްރިލްގައި ފްލައިޓެއް ވެއްޓި އެމެރިކާ ސިފައިންތަކެއް މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ ރަށެއްގައި ކުރިޔަށް ދިޔަ ޑްރިލްގައި ހަރަކާތްތެރިވި ބެލް ބޮއިން ވީ-22 ފްލައިޓު ވެއްޓި ތިން މީހުން މަރުވެފައިވާއިރު 20 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އަނިޔާ ވި މީހުންގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެމީހުންގެ ހާލު ދެރަކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެކްސިޑެންޓު ހިނގާފައިވަނީ އެނުއަލް ޕްރިޑޭޓަ ރަންގެ އެކްސަސައިޒްގައި ދިމާވި މިސްކޮމިއުނިކޭޝަންގެ ސަބަބުން ކަމަށް ބުނެފައެވެ. އެ ޑްރިލްގައި އޮސްޓްރޭލިއާގެ އިތުރުން އެމެރިކާ އާއި އީސްޓިމޯގެ އިތުރުން އިންޑޮނީޝިއާ އާއި ފިލިޕީންސްގެ މިލިޓަރީން ބައިވެރިވެފައިވެއެވެ.