އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "އެލައިޑް ފެސްޓް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިއީ އެލައިޑް ފެސްޓް ބާއްވާ ދެވަނަ އަހަރެވެ.

މި އަހަރުގެ ފެސްޓިވަލް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. އެގޮތުން މަސް ބޭނުމުގެ ކުޅިވަރުތަކާއި ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، އާޓް ކޯނަރުގެ އިތުރުން ޓްވިސްޓާގެ ފަދަ ކުޅިވަރުތައް ހިމެނެއެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއްވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއްވެސް ކުރިއަށްދާނެއެވެ. އެ ލަކީޑްރާއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭން ވަނީ ނިންމައިފައެވެ.