ލަންޑަނުން ނިއުޔޯކަށް 90 މިނެޓުން ދަތުރުކުރުމަށް ސުޕަސޮނިކް ޖެޓެއް ޓެސްޓު ކުރަން ފަށައިފިއެވެ.

ނާސާ އާއި އެމެރިކާގެ ސްޕޭސް އެޖެންސީ ގްލެން ރިސާޗް ސެންޓަރު ގުޅިގެން ވަނީ ބާރު މިނުގައި ގަޑިއަކު 1535 މޭލާއި 3045 މޭލާ ދެމެދުގެ ބާރުމިނެއްގައި ދަތުރުކުރެވޭ ގާބިލުކަން ލިބިފައިވާ ޖެޓުގެ ޓެސްޓުތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ލަންޑަނުން ނިއުޔޯކަށް މިހާރު ފްލައިޓެއްގައި ދަތުރުކުރެވެނީ ހަތްގަޑިއިރަށްވުރެން ގިނަ އިރު ދަތުރުކޮށްގެންނެވެ. އެއީ އާންމުކޮށް ގަޑިއަކު 600 މޭލުގެ ބާރުމިނުގައެވެ.

ނާސާއިން ވަނީ ދިރާސާތައް ނިމި ފަސިންޖަރުން އުފުލޭނެ ގާބިލުކަމާއެކު ސުޕަސޮނިކް ޖެޓެއް ތައާރަފު ކުރަން ނިންމާފައުވާ ކަމަށް ބުނެފައެވެ. ނާސާއިން ވަނީ އެޖެޓު ދަތުރުކުރާނެ އެންމެ ރައްކާތެރި ރޫޓު ބަލައި އެެރޫޓުން ދަތުރުކުރާނެ އުސްމިން ކަނޑައަޅައި ބޮޑު ދިރާސާއެއްވެސް ކޮށްފައެވެ.

ނާސާއިން ޓެސްޓު ފަށާފައި ވީނަމަވެސް އެމެރިކާ އާއި ކެނެޑާގެ އިތުރުން ހުޅަނގުގެ ބައެެއް ގައުމުތަކުން ވަނީ ސުޕަސޮނިކް ޖެޓްތައް ދުއްވުން މަނާކޮށްފައެވެ.