ދުނިޔޭގެ އެންމެ ބާރަށް ދުވާ ރިމޯޓު ކޮންޓްރޯލް ކާރުގެ ރެކޯޑް މުގުރާލައިފިއެވެ.

އިނގިރޭސި ވިލާތުގެ ޖޭމްސް ވޮމްސްލޭ ވަނީ އޭނާގެ ކާރު ދުއްވި ފުރަތަމަ ދުއްވުމުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ އެންމެ ބާރަށް ދުވާ ރިމޯޓު ކޮންޓްރޯލް ކާރުގެ ރެކޯޑު މުގުރާލާފައެވެ.

ޖޭމްސްގެ ކާރުގައި ހަރުކޮށްފައިވަނީ ޖެޓްކެޓް 220ގެ އިންޖީނެކެވެ. ޖެޓު އިންޖީނު ހަރުކުރި އެ ކާރު ވަނީ ރެކޯޑު މުގުރާލުމަށް ގަޑިއަކު 94.76 މޭލުގެ ބާރުމިނުގައި ދުއްވާފައެވެ.

ޖޭމްސް ވަނީ ކާރުގެ ސްޕީޑު އިތުރަށް ބާރުކުރުމަށް ދެވަނަ ފަހަރަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ގަޑިއަކު 137 މޭލަށް ދުއްވިތަނުން ކާރުގެ ކުރީކޮޅު ނެއްޓުނެވެ، އަދި ޓްރެކުން ނެއްޓި ކާރު ވަނީ ގޮވާފައެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ޖޭމްސްގެ ގަޑިއަކު 94.76 މޭލުގެ ބާރުމިނުގައި ދުއްވި ރެކޯޑު ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.