ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތު ވަނީ އިފްތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ހަތަރުވަނަ ސިޔާސަތެވެ.
މިރޭ އިއުލާންކުރި އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުގައި ވަނީ، ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާ ގޮތަށް އޮތްއޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށެވެ.
ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ދަށުން އެންމެ ފާހަގަކޮށްލެވެނީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކީ އިދާރީ ވަކި ދާއިރާއެކެވެ. އެހެންކަމުން ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މަޖިލިސް މެންބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަށް ތާއީދުކުރައްވާކަން މީގެ ކުރިން ރައީސް ސޯލިހު ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
މަޖިލިސް މެންބަރުންގެ އަދަދުތައް ބަދަލުވަމުން އަންނަ ގޮތަށް ބަލައިލާ އިރު، 2019 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި 77 މެންބަރުން އިންތިހާބުކުރިއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު 85 މެންބަރުން އިންތިހާބުކުރި އިރު، މިހާރުގެ މަޖިލީހުގައި ހިމެނެނީ 87 މެންބަރުންނެވެ. އަދި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 93 މެންބަރުން އިންތިހާބުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު