މެލޭޝިއާގައި ޖެޓު ވެއްޓުނު ހާދިސާގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ޖެޓު ވެއްޓުނު ހާދިސާގައި 10 މީހުން މަރުވެފައިވާއިރު އެ ހާދިސާފައި ޖެޓު ވެއްޓުނު ހައިވޭއިން ސައިކަލުގައި ދަތުރުކުރި މީހާގެ ހަށިގަނޑު ނޫން އެހެން ހުރިހާ މީހުންގެ ހަށިގަނޑަށް ބޮޑެތި ގެއްލުންވެ ބައެއް މީހުންގެ ގުނަވަންތައްވެސް ވަކިވެފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުުހުން ބުނީ ބައެއް ހަށިގަނޑުތައް ދެނެގަނެވިފައިވީ ނަމަވެސް އަނެއްބައި މީހުންގެ އާއިލާތަކަށް ވެސް ނުގުޅޭ ކަމަށެވެ.

ފުލުހުންގެ އޮފިޝަލުން ވަނީ މިހާރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށް ދަނީ ޖެޓު ވެއްޓުނު ސަރަހައްދު ސާފުކުރުމުގެ އިތުރުން މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް ހޯދުމުގެ މަސައްކަތް ކަމަށް ބުނެފައެވެ.

ވެއްޓުނު ޖެޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތް މެލޭޝިއާގެ އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ޖެޓުގެ ބައިތައް ހޯދައި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.