ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ހަމަލާދީފިއެވެ.
ފޭސްބުކްގައި އުމަރު މިއަދު ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ، ކެމްޕެއިން ރެލީއެއްގެ ތެރެއިން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލައި، އޭނާގެ މޫނު މަތީގައި ޖަހައިވާ ކަމަށެވެ.
އެ ހާދިސާގެ ސަބަބުން އޭނާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވިގޮތުގައި، އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާއަށް ހަމަލާދިން މީހާގެ ފޮޓޯ ފުލުހުންނާއި ހިއްސާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު