އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކ. ގުރަައިދުއަށް ވަޑައިގަންނަވާތީ ބަނދަރު ސަރަހައްދަށް އެއްވެ ތިބި އެ ކޯލިޝަންގެ ސަޕޯޓަރުންނާއި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބަނދަރު ސަރަހައްދަށް ނުކުމެ ތިބި އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންނާ މެދު ހަމަނުޖެން ހިނގާފައިވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ހަމަނުޖެހުމުގައި ބައެއް މީހުންނާ މާރާމާރީވެސް ވަނީ ހިންގައިފައެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި ބައެއް މީހުންނާއި ފުލުހުންނާ ދެމެދުވެސް ހަމަނުޖެހުން ހިނގި މަންޒަރު ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު