ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސްޓާފް ޖިމް ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ރޭ ހުޅުވާލައިފިއެވެ.
އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހަދާފައިވާ ސްޓާފް ޖިމަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ހަދާފައިވާ ޖާގަ ތަނަވަސް ޖިމެކެވެ. އެ ޖިމް، އެސްޓީއޯ ގުރޫޕްގެ ހުރިހާ މުވައްޒަފުންނަށް ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ.
ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމަށް އެސްޓީއޯ ގްރޫޕްގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
އަދި ޖިމްގެ އެންޓްރެންސް ފީ ހިލޭ ކުރުމުގެ އިތުރުން، މުވައްޒަފުން ޖިމުގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓާއެއްގެ ހިދުމަތްވެސް އެސްޓީއޯގެ ހަރަދުގައި ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ، މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީގެން ޖިމުގައި ފިޓްނަސް އެކިއެކި ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު