މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ށ. ފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފިއެވެ.
ފީވަކު ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރީ އިއްޔެ ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.
މި މަޝްރޫގެ ދަށުން ފީވަކުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން ހިންދުމުގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝްން ގުޅާފައިވެއެވެ. އަދި ފެން ރައްކާކުރުމަށް ތާންގި ބަަހައްޓާ ބޯހޯލް ތޮރުފުމާއި ރިޖެކްޓް ލައިންވެސް އަޅާފައިވާއިރު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ވަނީ ފޯރުކޮށްދީފައެވެ.
މި މަޝްރޫއުގެ ޖުމުލަ އަގަކީ 49.60 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު