އއ. މަތިވެރީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 143 މިލިއަން ރުފިޔާ އަށެވެ. އެއީ 390 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން މަތިވެރީގެ އުތުރު ފަރާތުން ފެށިގެން ހުޅަނގު އުތުރު ސަރަހައްދު ހިމެނޭހެން 26.5 ހެކްޓަރުގެ ބިން އިތުރު ވެގެންދާނެއެވެ.
މަތިވެރީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު