ބޯކޮށް ވާރޭވެރި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އިންޑިއާގައި 49 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ހިމާޝަލް ޕްރަދޭޝް އަށް ކުރަމުންދާ ބޯ ވިއްސާރައިގައި ގިނަ ސްޓޭޓްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އިންޑިއާގެ އުތުރުގެ ސަރަހައްދަށް ވެހެމުންދާ ވިއްސާރައިގެ ބާރުގަދަވެ ބައެއް ސަރަހައްދުތަކަށް ވަނީ އެލާޓް ނެރެފައެވެ. ހިމާޝަލް ޕްރަދޭޝް އިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 41 މީހުން މަރުވެފައިވާއިރު މި ވިއްސާރައިގައި މީގެ ކުރިންވެސް 16 މީހަކު މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

49 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު އިތުރު އެތައް ބަޔަކު ގެއްލިގެން ހޯދަމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.

މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތައް ނެރެފައިވާއިރު ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން ސަލާމަތްވުމަށް ޓީމުތައް ވަނީ އެކި ސަރަހައްދުތަކަށް ފޮނުވާފައެވެ.

ވިއްސާރައިގެ ސަބަބުން ހިމާޝަލް ޕްރަދޭޝްގެ ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ވަސީލަތްތައްވެސް މެދުކެނޑިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.