އިންޑިއާގެ މަހާރަޝްތުރާގެ ހޮސްޕިޓަލެއްގައި 24 ގަޑިއިރުތެރޭ 18 މީހުން މަރުވުމުން ބޮޑު ތަހުގީގެއް ފަށައިފިއެވެ.
މަހާރަޝްތުރާގައި ހުންނަ ޗަޓްރަޕަޓީ ޝިވާޖީ މަހާރާޖް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ 18 މީހުން މަރުވެފައިވާ ސަބަބު ހޯދުމަށް ި ތަހުގީގު ފަށާފައި ވަނީ، އެ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ހާއްސަ ބެލުމުގެ ދަށުން ހެލްތު މިނިސްޓަރު ތަނާޖީ ސާވަންތު އަދި ކޮމިޝަނަރު އޮފް ޕޮލިސް ގުޅިގެންނެވެ.
އަށާރަ މިހުން މަރުވި ސަބަބު ހޯދުމަށް މިނިވަން ތަހުގީގެއް ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލައިފައިވާއިރު އެ ކޮމިޓީ އިސްކޮށް ބަލަހައްޓާނީ ހެލްތު މިނިސްޓަރު ތަނާޖީ ސާވަންތުއެވެ.
މަރުވި 18 މީހުންގެ ތެރޭގައި ހިމެނެނީ 10 އަންހެނުންނާއި 8 ފިރިހެނުންނެވެ. އެމީހުންގެ ތެރެއިން 13 މީހަކަށް ދިޔައީ އައިސީޔޫގައި ފަރުވާދެމުންނެވެ.
މަރުވި މީހުންގެ ތެރެއިން 8 މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ. އެ މީހުންނަށް ފަރުވާދެމުން ގޮސްފައިވަނީ ކިޑުނީގައި ހިލަ އުފެދުމުގެ ސަބަބުންނާއި ނިއުމޯނިޔާ އާއި އެކި ކަހަލަ ވިހަވުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
ތަހުގީގު އަވަސްކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އެ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އިންސާނީ ވަސީލަތްތައް އިތުރުކުރީ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ