Close Election
Close
ބޮލީވުޑް

ޝުޝްމިތާ ސެން އަށް ހޮނޮރަރީ ޑޮކްޓަރިއޭޓެއް ލިބިއްޖެ

ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ޝުޝްމިތާ ސެންއަށް އޮނޮރަރީ ޑޮކްޓަރިއޭޓެއް ލިބިއްޖެއެވެ.

އިންޑިއާގެ ވެސްޓް ބެންގަލްގެ ޓެކްނޯ އިންޑިއާ ޔުނިވާސިޓީއިން ޝުޝްމިތާއަށް މި އެވޯޑު ދީފައިވާއިރު އެމީހުން ބުނެފައިވަނީ ޝޫޝްމިތާ އަކީ ޓެލެންޓެޑް ބަތަލާއެއްކަމަށެވެ. "މިސް ޔުނިވާސްގެ މަގާމުވެސް ހޯދާފައިވާއިރު ޝުޝްމިތާ އަކީ ޓްރެއިލްބްލޭޒިން އެކްޓަރެއް. އޭނާގެ މޮޅުކަމާއި ހިތްގައިމުކަން މުޅި ދުނިޔެއަށް ވަނީ ދައްކާފައި" އެ ސައިޓޭޝަންގައި ވެއެވެ.

އިންސްޓަގްރާމުގައި ޕޯސްޓު ހިއްސާކުރަމުން ޝުޝްމިތާ ބުނީ ވައިރަލް ހުމެއް ޖެހިގެން ބަލި ހާލަތު ހުރި ގޮތުން އެ އެވޯޑާ ހަވާލުވާން އޭނާއަށް ނުދެވުނުކަމާމެދު ދެރަވި ނަމަވެސް އެންމެ ބޮޑު ޝަރަފެއް ލިބުނީ އެ އެވޯޑާ އޭނާގެ ބައްޕަ ހަވާލުވުމުންކަމަށެވެ.

ޝުޝްމިތާ މިހާރު ގެންދަނީ މިމަހު 15 ގައި ރިލީސްކުރަން ހަމަޖައްސާފައިވާ އޭނާގެ ވެބް ފިލްމު ތާލީގެ ޕްރޮމޯޝަންތަކުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ އިންޑިއާގެ ޓްރާންސްޖެންޑާ އެކްޓިވިސްޓް ޝްރީގޯރީ ސާވަންތްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.