ޚަބަރު

"ޗާޖްޑް ނައިޓްސް" މިރޭ ފަށާނީ، ފުރަތަމަ ޝޯ އާޓިފިޝަލް ބީޗުގައި

1

ކޮކާ-ކޯލާ މޯލްޑިވްސް އިން އަލަށް ތައާރަފްކުރި ބުއިން ކަމަށްވާ ޗާޖްއިން ކުރިއަށް ގެންދާ މިއުޒިކް ހަރަކާތްތައް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޮކަ ކޯލާއިން މިއަދު ބުނީ "ޗާޖްޑް ނައިޓްސް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތަކީ މިއުޒިކާއި ހަކަތަ އާއި ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތަކެއް އެކުލެވިގެންވާ ހަރަކާތެއް ކަމަށެވެ.

ޗާޖްޑް ނައިޓްސް ހިތްގައިމު ތިން ތަނެއްގައި ކުރިއަށް ގެންދާނެ ކަމަށް ކޮކާ ކޯލާއިން ބުންޏެވެ.

އެގޮތުން ފުރަތަމަ މިއުޒިކް ޝޯ ބާއްވާނީ މިރޭ އާޓިފިޝަލް ބީޗުގައެވެ. އެ ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕު އަދި ފާލިހު އާދަމް އެންޑް ބޭންޑުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި ޑީޖޭ ވެސް އޮންނާނެ ކަމަށް ކޮކަ ކޯލާއިން ބުންޏެވެ.

ދެވަނަ ޝޯ އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ކަމަށް ކޮކަ ކޯލާއިން ބުންޏެވެ. އެ ޝޯގައި ވެސް ފާލިހު އާދަމް އެންޑް ބޭންކު އަދި ހަބޭސް ބޮޑުބެރުގެ ހުށަހެޅުންތަކާއި ޑީޖޭ ފެނިގެންދާނެއެވެ.

މީގެ އިތުރުން ތިންވަނަ ޝޯއެއް މިމަހުގެ 25 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާނެއެވެ. އެ ޝޯގައި، ރަވީއޯ، އީކުއޭޓިކް ވައިބް އަދި ސްކައި ރޮކްގެ ހުށަހެޅުންތައް ފެނިގެންދާ އިރު، ޑީޖޭ ވެސް އޮންނާނެއެވެ.

ކޮކާ ކޯލާއިން ބުނީ ޗާޖްޑް ނައިޓްސް ކުރިއަށްދާ ކޮންމެ ތަނެއްގައި ވެސް ޗާޖްޑް ބުއިން ލިބޭ ސްޓޯލްތައް ހުންނާނެ ކަމަށެވެ.

ޗާޖްޑް ނައިޓްސް ގުޅިފައިވަނީ، މިހާރު ކުރިއަށްގެންދާ "ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަންއާ ކަމަށް ކޮކަ ކޯލާއިން ބުންޏެވެ. އެ ޕްރޮމޯޝަންގައި ނަސީބުވެރިންނަށް އިނާމުގެ ގޮތުގައި ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ލިބިގެންދާނެ ކަމަށް ކޮކަ ކޯލާއިން ބުންޏެވެ. އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނު ކުރާނީ އޮގަސްޓް 19، ސެޕްޓެމްބަރު ދޭއް އާއި 16 ގައި ކޮންމެ ރެއެއްގެ 9:30ގައި ޓީވީއެމުން ކަމަށް ކޮކާ ކޯލާއިން ބުންޏެވެ،

ޗާޖްޑް ދަޅެއް ގަންނަ އިރު، ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން "ގެޓް ާޖްޑް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟