ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން، ގެއްލިގެން ހޯދަމުން ދިޔައީ ރ. މާކުރަތު ގަހާކޯޅިގޭ، އުމުރުން 12 އަހަރުގެ އައިޝާ ބިން މަހްމޫދު ރިޔާޒެވެ.
ފުލުހުން މިއަދު ބުނީ މިއަދު 13:44 އެހާކަން ހާއިރު މާލެއިން ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
އަންހެންކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެ އިރު އޮއްސި 6:00 ހާއިރުން ފެށިގެން އާއިލާއަށް އެކުއްޖާގެ ހަބަރެއްވެފައި ނުވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު