Close Election
Close
ބޮލީވުޑް

ފިލްމު ޖީލޭ ޒަރާއިން ޕްރިޔަންކާ ވަކި ނުވާކަމަށް ޑައިރެކްޓަރު ބުނެފި

ބޮލީވުޑްގެ މަގުބޫލު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފިލްމު ޖީލޭ ޒަރާއިން ވަކިވި ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ފިލްމުގެ ޕްރޮޑިއުސަރު އަދި އެއް ޑައިރެކްޓަރު ކަމަށްވާ ރީމާ ކަގްތީ އެކަން ދޮގުކޮށްފިއެވެ.

މި ފިލްމަކީ 2021 ވަނަ އަހަރު ފަރްޚާން އަހްތަރު އިއުލާނުކޮށްފައިވާ ފިލްމެކެވެ. އެއީ 11 އަހަރަށްފަހު އޭނާ ޑައިރެކްޓްކުރުމަށް ހަމަޖެއްސި ފިލްމެކެވެ. ފިލްމަކީ ތިން އަންހެނުން އެކީ ރޯޑް ޓްރިޕެއްދާތަން ފެނިގެންދާ ފިލްމެއްކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. ތަރީންގެ ގޮތުގައި ކެޓްރީނާ ކައިފާއި އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސާފައިވެއެވެ.

ނަމަވެސް ޕްރިޔަންކާ ހޮލީވުޑްގެ ފިލްމުތައް ނިންމުމަށް ފިލްމުން ވަކިވެފައިވާ ކަމަކަށާއި އެހެންވެ އެ ބައި ނިންމުމަށް އާ ތަރިޔަކު ހޯދަމުން އަންނަކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގެ އެއް ޑައިރެކްޓަރު، ރީމާ ބުނި ގޮތުގައި އެމީހުންގެ ޕްރޮޑަކްޝަން ހައުސް 'ޓައިގާ ބޭބީ' އަށް މިއީ ވަރަށް ބުރަ ދުވަސްކޮޅެކެވެ. ޑޮކިއުމެންޓަރީއެއްވެސް ހަދަމުން އަންނަ ކަމަށާއި ފިލްމު 'ކޯ ޖާއޭ ހަމް ކަހާ' ވެސް ވަރަށް އަވަހަށް ރިލީސްކުރާނެކަމަށް ބުނެފައިވެއެވެ. ޑައިރެކްޓަރު ޒޯޔާ އަޚްތަރުވެސް އަންނަނީ ފިލްމެއްގެ މަސައްކަތްކުރަމުން ކަމަށެވެ. އެއީ އެމެޒޯންގެ ފިލްމެއް ކަމަށްވާ 'ސުޕާމެން އޮފް މާލެގޮން' އެވެ. އޭނާވެސް އަންނަނީ ސީރީޒް 'މޭޑް އިން ހެވަން 2' ގެ މަސައްކަތް ކުރަމުން ކަމަށެވެ. އެހެން ކަމުން ފިލްމު ޖީލޭ ޒަރާ ފަށަނީ އެ މަސައްކަތް ނިންމުމަށްފަހު ކަމަށާއި ފިލްމު ކުރިއަށް ދާނީ ކުރިން އިއުލާނުކުރި ތަރިންނާއެކުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ ސީރީޒް 'މޭޑް އިން ހެވަން 2' މިރޭ އެމޮޒަމް ޕްރައިމްއިން ފެންނާނެއެވެ.

މޭޑް އިން ހެވަން 2 ގެ ޓްރެއިލާ---