މަގްބޫލު ކޮމެޑީ ފިލްމު، ވެލްކަމްގެ ތިން ވަނަ ސީކުއިން ނެރުމަށް ހަމަޖައްސާފައިވާއިރު ފިލްމުގައި ބަތަލާއިންގެ ގޮތުގައި ފެނިގެންދާނީ ޖެކުއިލިން ފެނާންޑިޒް އާއި ދިޝާ ޕަޓާނީ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ.
ކުރީގެ ސީކުއިލުން ފެނިގެންދާ ނާނާ ޕާޓޭކަރު އަދި އަނިލް ކަޕޫރުގެ ރޯލު ވަނީ ސަންޖޭ ދަތް އަދި އަރްޝާދް ވާސީ އަށް ބަދަލުކޮށްފައެވެ. ފިލްމުގައި ލީޑުން ފެނިގެންދާނީ ހަމަ އަކްޝޭ ކުމާރެވެ.
ފިލްމުގެ ކުރީގެ ދެބައި ޑައިރެކްޓް ކޮށްފައިވަނީ އަނީސް ބަޒްމީ އެވެ. ނަމަވެސް ތިން ވަނަ ބައި ޑައިރެކްޓް ކުރުމަށް ހަމަޖައްސާފައިވަނީ އަހުމަދު ޚާނެވެ. އެއީ ފިލްމު "ބާގީ 2" އަދި "ބާގީ 3" ގެ ޑައިރެކްޓަރެވެ.
ފިލްމު އިއުލާނު ކުރުމަށް މިދިޔަ ހަފުތާގައި ތަރިންގެ ފޮޓޯތައްވެސް ވަނީ ނަގާފައެވެ. ވަރަށް އަވަހަށް ރަސްމީކޮށް އެ ހިއްސާކުރާނެ ކަމަށްވެސް ވެއެވެ.
ވެލްކަމްގެ ފުރަތަމަ ބައި ރިލީޒްކުރީ 2007 ވަނަ އަހަރުއެވެ. އެ ފިލްމުގައި ފިރޯޒް ޚާން، އަނިލް ކަޕޫރު، ނާނާ ޕަޓޭކަރު، އަކްޝޭ ކުމާރު، ކެޓްރީނާ ކައިފް، ޕަރޭޝް ރާވަލް އަދި މައްލިކާ ޝަރާވަތް ތަރިންގެ ގޮތުގައި ފެނިގެންގޮސްފައިވެއެވެ. އޭގެ ސީކުއިލް "ވެލްކަމް ބެކް" ގެ ނަމުގައި 2015 ގައި ރިލީސްކޮށްފައިވާއިރު ތަރިންގެ ގޮތުގައި ފެނިފައިވަނީ އަނިލް ކަޕޫރު، ނާނާ ޕަޓޭކަރު، ޖޯން އަބްރަހަމް، ޝްރޫތީ ހަސަން، ޝިނޭ އަހޫޖާ، އަންކިތާ ޝްރިވަސްތަވާ، ޑިމްޕަލް ކަޕާޑިއާ، ޕަރޭޝް ރާވަލް އަދި ނަސޫރުއްދީން ޝާހްއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް