ސައުދީގެ އަންހެނަކު އުމުރުން 110 އަހަރުގައި ސުކޫލަށް ދާންފަށައިފިއެވެ.
ސައުދީގެ އުމުރުން 110 އަހަރުގެ ނައުދާ އަލް ގަތާނީ ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ އެ ގައުމުގެ ސަރުކާރުން ހިންގާ އަލް ރަހްވާ ސެންޓާ އަށް ތައުލީމު ހާސިލުކުރަން ދާން ފަށާފައެވެ.
ނައުދާގެ ހަތަރު ދަރިން ތިބޭއިރު އެންމެ ބޮޑު ދަރިފުޅަށް 80 އަހަރުވެއްޖެއެވެ. އެންމެ ހަގު ދަރިއަށް ވެސް ވަނީ 50 އަހަރު ފުރިފައެވެ.
ނައުދާ ކިޔަވަންދާ ސެންޓަރުން ވަނީ އޭނާއަށް ގުރުއާން ލިޔެ ކިޔަވާން ދަސްކޮށްދޭން ފަށާފައެވެ. އޭނާއާ އެކު އެ ކުލާހުގައި އެކި އުމުރުފުރައިގެ 50 ދަރިވަރުން ކިޔަވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.
ނައުދާ ވަނީ އޭނާ ކިޔެވުމަށް ވަރަށް ޝައުގުވެރިކަން ހުންނަކަމަށާއި ކޮންމެ ދުވަހަކު ގޭގައި ކުރަން ދޭ މަސައްކަތް ވެސް ޝައުގުވެރިކަމާއެކު ނިންމާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ