ޗައިނާއަށް އައި ބިންހެލުމެއްގައި 126 ގެ ބިމާހަމަވެއްޖެއެވެ.
އިއްޔެ ޗައިނާގެ އިރުމަތީ ޝަންޑޮން ޕްރޮވިންސަށް ރެކްޓާ މިންގަނޑުން 5.5 ގައި އައި އެ ބިންހެލުމުގައި 21 މީހުންނަށް އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގެ ބިންހެލުމާބެހޭ މައި އިދާރާއިން ވަނީ އެބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު ބިމުއަޑިން ކަމަށް ބުނެފައެވެ.
އަނިޔާވެފައިވާ 21 މީހުންނަކީ އެޕްރޮވިންސުގެ ޑެޒޫއައި ލިއާއޯޗެން ސިޓީން އަނިޔާވި މީހުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ބިންހެލުމުގައި ގެތައް ވެއްޓުނު ހިސާބުތަކަށް ރެސްކިއު ޓީމުތައް ފޮނުވާފައިވާ އިރު، 126 ގެ އެބިންހެލުމުގައި ވެއްޓިފައިވެއެވެ.
ވެރިރަށް ބެއިޖިން އާއި 300 ކިލޯމީޓަރު ދުރުގައި އޮންނަ ޕްރޮވިންސަށް މިއައި ބިންހެލުމުގެ ލޮޅުމުގެ އަސަރު އެސިޓީއަށްވެސް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ