ތައިލެންޑުގައި އިއްޔެ ރޭލު އެކްސިޑެންޓެއް ހިނގައި އަށް މީހުން މަރުވެއްޖެއެވެ.
ތައިލެންޑުގައި ރޭލު އެކްސިޑެންޓު ހިނގާފައިވަނީ މުދާ އުފުލާ ރޭލަކާއި ޓްރަކެއް ޖެހިގެން ކަމަށް އެގައުމުގެ ރެއިލްވޭ އެޖެންސީ އިން ބުނެފައިވެއެވެ.
ހާދިސާ ހިނގި ވަގުތު ޓްރަކު އޮތީ ރޭލު ދަގަނޑު މަތީގައި ކަމަށް އޮފިޝަލުން ބުނެއެވެ.
މަސް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެޓްރަކްގައި ރޭލު ޖެހުމުގެ ކުރިން ރޭލުން ބަރުގޮނު އެޅި ނަމަވެސް ރޭލު ދުއްވަމުންދިޔަ ބާރުމިނުގައި އެކްސިޑެންޓު ހިނގީކަމަށް އޮފިޝަލުން ބުނެއެވެ.
ރެއިލްވޭ އެޖެންސީ އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ރޭލުގެ ޑްރައިވަރު ހުރިހާ ޕްރޮޓޮކޯލެއް ފުރިހަމަ ކުރިކަމަށް ބުނެފައިވެއެވެ. ރޭލު ދަގަނޑުމަތިން ޓްރަކް ފެނުމާއެކު ތިން ފަހަރެއްގެ މަތިން ބަރުގޮނު އެޅި ނަމަވެސް ރޭލު ނުހުއްޓުވޭހާ ބާރަށް އެވަގުތު ދިޔައީ ދުއްވަމުން ކަމަށް ފާހަގަކޮށްފައިވެއެވެ.
އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ފަސް ފިރިހެނުން ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން އެކްސިޑެންޓުގައި އަނިޔާވި ގިނަބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ