އިންޑޮނޭޝިއާގައި އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ވިސާއެއް ތައާރަފު ކުރަން އެ ގައުމުން ނިންމައިފިއެވެ.
އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރިޓައިމް އެންޑް އިންވެސްޓްމަންޓް އެފެއާޒުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ގައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ތެރެއިން ބޭރު ކުންފުނިތަކާއި ބޭރު އިންވެސްޓަރުންނަށް ދޭނީ ގޯލްޑަން ވިސާއެކެވެ.
އެ ވިސާ ލިބޭނީ މަދުވެގެން 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ކުންފުނިތަކަށެވެ. ވަކި ފަރުދަކަށް އެ ވިސާ ލިބޭނީ މަދުވެގެން 350،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ނަމައެވެ.
ގޯލްޑަން ވިސާ ލިބޭ ފަރާތްތަކަށް ފަސް އަހަރާއި ދިހަ އަހަރުގެ މުއްދަތަކަށް އެ ގައުމުގައި ދިރިއުޅުމުގެ ހުއްދަ ދޭއިރު، އެ ގައުމުގައި ވިޔަފާރިކުރުމަށް އިތުރު ފުރުސަތުތަކެއްވެސް ލިބިގެންދާނެއެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާއިން ވަނީ އެ ގައުމުގެ ރައީސްގެ އިތުރުން ކެބިނެޓުގައިވެސް މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސްތެރޭ ގޯލްޑަން ވިސާ ތައާރަފުކުރާނެ ކަމަށް އެ ގައުމުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ