ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަލް ނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. އެ ކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އެސްޓީއޯ އިން ދަނީ އަލް ނޫރު ހިކިކިރުގެ 800 ގުރާމާއި 1،800 ގުރާމް އަދި 2،250 ގުރާމުގެ ޕެކެޓް ވިއްކަމުންނެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށް، އެސްޓިއޯގެ ރީޖަނަލްސް ފިހާރަތަކުގައިވެސް ކުރިއަށް ގެންދާ އަލް ނޫރު ޕްރޮމޯޝަންގައި ރީޓްއިލް ކަސްޓްމަރުންނަށް އަލް ނޫރު ހިކިކިރު ޕެކެޓަކާ އެކު އަލް ނޫރު ލޯގޯ ޖެހި ކޮލިޓީ ރަނގަޅު ބިއްލޫރި ތައްޓެއް ލިބޭނެ ކަމަށެވެ.
ހޯލްސޭލް ކަސްޓްމަރުންނަށް 1،800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕަޝެފް މެޔޮނައިސް ކޭހެއް އަދި 2،250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮންސްޓިކް ޗީޒް ކޭހެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބޭނެ ކަމަށްވެސް ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި