އިންޑޮނީޝިއާ އިން 300 މިލިއަން ޑޮލަރަށް 12 ޑްރޯން ގަންނަން ނިންމައިފިއެވެ.

އިންޑޮނީޝިއާގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެގައުމުން ފަށާފައިވާ މަސައްކަތުގެ ދަށުން އެގައުމުން 12 ޑްރޯން ގަންނަން ނިންމާފައިވަނީ ތުރުކީންނެވެ.

އިންޑޮނީޝިއާ އިން ވަނީ އެގައުމުގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ތުރުކީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް ތުރުކީން މިލިޓަރީ އާލާތްތައް އިތުރުކުރުމަށް ނިންމައިފައެވެ.

ތުރުކީން އިންޑޮނީޝިއާއަށް ވިއްކަން ނިންމާފައިވަނީ އަންކާ ޑްރޯން ބްރޭންޑްގެ 12 ޑްރޯންއެވެ. އެ ޑްރޯންތައް 2025 އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އިންޑޮނީޝިއާއާ ހަވާލުކުރުމަށް ތުރުކީން ވަނީ ނިންމައިފައެވެ.

މިދިޔަ ޖެނުއަރީ މަހު އިންޑޮނީޝިއާ އިން ވަނީ ގަތަރުން 805 މިލިއަން ޑޮލަރަށް ފައިޓާ ޖެޓް ގަތުމަށް ވެސް އެއްބަސްވެފައެވެ.