ށ. ފޭދޫން ޢަލީ ޔާމީން (ވަން އޮންލައިން)

މި ރަށު ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ރަށު ބަނދަރު ރައީސް ހުޅުއްވައިދެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑަައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި ރަށުގެ ބަނދަރުގެ މަޝްރޫއު ހަވާލުކުރީ 29 ސެޕްޓެމްބަރު 2019 ގައެވެ. މިއީ 37.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 13،000 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 5500 ކިއުބިކް މީޓަރަށް ބަނދަރާއި ނެރު ފުންކޮށްފައިވެއެވެ.

މީގެ އިތުރުން، 378 މީޓަރު ބޭރުތޮއްޓާއި 90 މީޓަރުގެ ރިވެޓްމަންޓު ޖަހާފައިވެއެވެ. އަދި 280 މީޓަރުގެ އެއްގަމު ތޮއްޓާއި 1400 އަކަމީޓަރުގެ ޕޭމަންޓު އަދި ބަނދަރުގައި ބައްތި ޖަހާފައިވެއެވެ.