މި އަހަރުގެ ދިވެހި ސާފް ލީގުގެ ހަތަރު ވަނަ މުބާރާތް، ކ. ތުލުސްދޫގައި އިއްޔެ ނިމިގެންދިޔަ އިރު، ރަންދާ ރާޅުގަނޑު 2023ގެ އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ލެޖެންޑް، ހުސައިން އަރީފް (އިބޫ) ހޯދި އިރު، ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ސައްޔިދު ސަލާހުއްދީން ހޯދައިފިއެވެ.
މިވަގުތު ރާއްޖޭގެ ސާފް ލީގުގެ އެއްވަނަ މަގާމުގައި އޮތް އިބޫ، އިއްޔެ ރަންދާ ރާޅުގަނޑު 2023ގެ ފައިނަލްގައި ވާދަކުރީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)އެވެ. ފައިނަލް ހީޓް ވާދަވެރިކޮށް ދިޔަ އިރު، އިބޫ ޗެމްޕިއަންކަން ހޯދީ 16.83 ގެ ނަތީޖާއަކުންނެވެ. ކުޑަ އިއްސެއަށް ހޯދުނީ 15.00 ގެ ސެކޯއެކެވެ.
ޖޫނިއާ ޑިވިޝަންގެ ފައިނަލުގައި ސައްޔިދު ސަލާހުއްދީނާ ދެކޮޅަށް ވާދަކުރީ ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ. ސަލާހުއްދީން 12.50 ގެ ސްކޯއެއް ފައިނަލުގައި ހޯދި އިރު، ޔޫސުފް ކަޔާންއަށް ފައިނަލުގައި ލިބުނީ 7.84 ގެ ސްކޯއެކެވެ.
ގައުމީ ސާފް ލީގުގެ ހަތަރުވަނަ މުބާރާތް އިއްޔެ އިބޫ ކާމިޔާބުކުރުމާ އެކު މިއަހަރުގެ ލީގު ރޭންކިންގައި އިބޫ ވަނީ އެއްވަނައިގައި ރަނގަޅު ލީޑެއް ނަގައިފައެވެ. އޭނާ މިހާތަނަށް ކ. ހިންމަފުށީގައި އޮތް ގާމާދޫކޮޅު މުބާރާތުގެ އިތުރުން އިއްޔެގެ މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. އިބޫގެ ފަހަތުން ލީގުގެ ދެވަނައިގައި އުޅެނީ އަހުމަދު އާގިލް (އައްމަޑޭ) އެވެ.
ސާފިން
ސާފިން
ސާފިން
ސާފިން