އޮސްޓްރޭލިއާގެ ބީޗަކުން ފެނުނީ އިންޑިއާއިން ޖައްވަށް ފޮނުވާލި ރޮކެޓެއްގެ ބައެއް ކަމަށް ތަހުގީގުން އެނގިއްޖެއެވެ.

އޮސްޓްރޭލިއާގެ ވެރިރަށް ޕާތުގެ 150 ކިލޯމީޓަރު ދުރުގައި އޮންނަ ގްރީން ހެޑް ބީޗަކުން ފެނުނު ގޮތް ނޭނގޭ އެއްޗަކާއެކު އެ ބީޗު ހިމެނޭ ސަރަހައްދުގެ އާންމުން ވަނީ އެކަން ފުލުހުންނަށް އަންގައިފައެވެ.

ގޮތް ނޭނގޭ އެއްޗެއް ފެނުމާއެކު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީގައި ތަހުގީގު ފަށައިފައެވެ.

ތަހުގީގު ކުރި ޓީމުން ވަނީ އެއީ އިންޑިއާއިން ޖަށްވަށް ފޮނުވާލި ރޮކެޓެއްގެ ބައެއް ކަމަށް ބުނެފައެވެ.

ދުގުމިނާއި ވަށަމިނުގައި 2.5 މީޓަރު ހުރި ސިލިންޑަރެއް ވައްތަރު އެ އެތީގެ ބޭރުގައި ރިނދަލި ޖަހާފައި ހުރި ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.