އޮސްޓްރޭލިއާ ސިފައިންގެ ހެލިކޮޕްޓަރެއް ޕެސިފިކް ކަނޑަށް ވެއްޓިއްްޖެއެވެ.

ޕެސިފިކް ކަނޑުގައި ކުރިޔަށްދިޔަ ތަމްރީނުތަކެއްގައި ހަރަކާތްތެރިވި އެ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އެއިން ދަތުރުކުރި 4 މީހުން ގެއްލިފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރޭލިއާ އާމީގެ އެމްއާރްއެޗް-90 މަރުކާގެ އެހެލިކޮޕްޓަރު ވެއްޓިފައިވަނީ ރޭގަނޑުގެ ތަމްރީނުތަކުގައި ހަރަކާތްތެރިވަމުން ދަނިކޮށްކަމަށް އޮސްޓްރޭލިއާ އާމީން ނެރުނު ބަޔާނެއްގައި ވެއެވެ.

ހެލިކޮޕްޓަރު ވެއްޓުމާއެކު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ފަށާފައިވާއިރު އަދި މިހާތަނަށް ހެލިކޮޕްޓަރުން ގެއްލުނު އެއްވެސް މީހަކު ނުފެނެއެވެ. ނަމަވެސް ހެލިކޮޕްޓަރުގެ ބައިތައް ވަނީ ފެނިފައެވެ.

އޮސްޓްރޭލިއާގެ އިތުރުން އެމެރިކާއާއި ޕެސިފިކް ކަނޑުގެ ބަައެއްގައުމުތައް ގުޅިގެން ހިނގަމުންދާ ތަމްރީނުތަކުގައި 30،000 ސިފައިން ބައިވެރިވެއެވެ.