ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވައި ބަންގްލަދޭޝްގެ މަގުތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ.
ވެރިރަށް ޑާކާގެ ބޮޑެތިމަގުތަކަށް އެތައް ސަތޭކަ ބަޔަކު އެއްވެފައިވާއިރު، އެއްވުން ކޮންޓްރޯލްކުރުމަށް އެ ގައުމުގެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެގޮތުން ރަބަރު ވަޒަން ޖަހާފައިވާއިރު ކަރުނަ ގޭސް ވެސް ޖަހާފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީގެ ސަޕޯޓަރުން އިސްވެ ތިބެ ފަށާފައިވާ މި މުޒާހަރާތަކުގައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އިސްތިއުފާއަށް ގޮވައިފައެވެ.
މުޒާހަރާތައް ހޫނުވެފައިވާއިރު އެ ފަރާތްތަކުން ވަނީ ބަސްތަކުގައި ރޯކޮށް ޕެޓްރޯލް ބޮންވެސް އުކާފައިކަމަށް ފުލުހުން ބުނެއެވެ.
މުޒާހަރާތަކުގައި ބައިވެރިވި ގިނަބަޔަކަށް އަނިޔާވެފައިވާއިރު ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާވެގެން ފަރުވާދީފައިވެއެވެ.
މިހާތަނަށް މުޒާހަރާއިން 90 މީހުން ހައްޔަރުކޮށްފައިވާއިރު ނެޝަނަލް ޕާޓީގެ އިސްފަރާތްތަކެއްވެސް ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ