ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ފަށައިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ. ވޯޓުލުން ހަވީރު 6:00 އާ ހަމައަށް ކުރިއަށްގެންދާނެއެވެ.
އެ ޕްރައިމަރީގައި ވާދަކުރައްވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ދަ ޑިމޮކްރެޓްސްއިން ބުނެފައިވަނީ ވޯޓު ފޮށިތައް ބަހައްޓާނީ 20 މެންބަރުންނަށްވުރެ ގިނައިން މެންބަރުން ތިބި ރަށްރަށުގައި ކަމަށާއި، އެއަށްވުރެ މަދު މެންބަރުން ތިބި ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.
ޕްރައިމަރީގައި ހަމައެކަނި އިލްޔާސް ވާދަކުރައްވާތީ ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.
'ދަ ޑިމޮކްރެޓްސް' ގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި ފެންނަކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަންވާނެ ކަމަށެވެ.
އަސާސީ ގަވާއިދުގެ 125 ވަނަ މާއްދާގައި ބުނަނީ، ކެނޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު