ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރު ބައްލަވައިލައްވައިފިއެވެ.

މިނިވަން ދުވަހުގެ ފުޅަނދު ބުރު ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ބައްލަވައިލެއްވީ އިއްޒުއްދީން ފާލަން ކުރިމަތިންނެވެ.

ފުޅަނދު ބުރު ބައްލަވައިލެއްވުމުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ފުޅަނދު ބުރު ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން ވެސް މާލޭގެ ބޮޑެތި މަގުތަކަށް ނުކުމެފައިވެއެވެ.

ފުޅަނދު ބުރު އިންތިޒާމުކުރީ ހޯމް މިނިސްޓްރީންނެވެ. އެ ފުޅަނދު ބުރުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން އަށް އިދާރާއަކުން ޖުމުލަ 15 ފުޅަނދު ބައިވެރިކޮށްފައިވެއެވެ.