ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޓީ ފަޒްނާ އަހުމަދު ރާއްޖޭގެ މިނިވަންކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ އިސްވެރިން އަދި ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ކުރީގެ ވަޒީރުންނާއި ގައުމީ އިނާމު އަދި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލުތަކުގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުން އަދި ސިވިލް ސާވިސްއާއި، ސަރުކާރު ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސޯދީ، އިޖުތިމާއީ އަދި އެނޫން އެހެން ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ޒުވާނުންނާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ހިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ބައިވެރިވިއެވެ. އަދި ޔުނިވާސިޓީއާއި ކޮލެޖުތަކާއި ސްކޫލުތަކުގެ ދަރިވަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.
ރައީސް ސޯލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ ވަނީ އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު