އިންޑޮނީޝިއާގެ 122 މީހަކު ކިޑުނީ ވިއްކުމަށް ކެމްބޯޑިއާއަށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންޑޮނީޝިއާގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ވަނީ ގަވާއިދާ ހިލާފަށް އެގައުމުގެ އެތައް ބައެއްގެ ކިޑުނީ ވިއްކުމަށް އެމީހުން ކެމްބޯޑިއާއަށް ފޮނުވުމުގައި ހަރަކާތްތެރިވި މީހުން ހައްޔަރުކޮށްފައެވެ.
މިހާތަނަށް ތަހުގީގަށް 12 މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނާއި އިމިގްރޭޝަން އޮފިސަރުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް އިންސާނުންގެ ގުނަވަން ވިއްކުުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި އިންޑޮނީޝިއާގައި ކުރަމުންދާ ކަމަށް ބެލެވިފައިވާތީ ފުލުހުން ހިންގާ ތަހުގީގު ވަނީ އިތުރަށް ފުޅާކޮށްފައެވެ.
ކެމްބޯޑިއާގެ ހޮސްޕިޓަލަކަށް ކިޑުނީ ވިއްކުމަށް ދަތުރުކޮށްފައިވާ 122 މީހުންގެ ތެރޭގައި ފެކްޓްރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޓީޗަރުންގެ އިތުރުން އެގައުމުގެ ސަރުކާރުގެ މުވައްޒަފުންވެސް ފާހަގަވެފައިވާ ކަމަށް އިންޑޮނީޝިއާގެ ފުލުހުން ބުނެއެވެ.
ކިޑުނީ ވިއްކުމަށް ގިނަ މީހުންނަށް މަޖުބޫރުވެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގައި ވަޒީފާ ގެއްލި، ހާލުގައި ޖެހުމުން ކަމަށާއި ކިޑުނީ ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ އެމީހުން ހޯދާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ