ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަން ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 255،211،824.60 (255 މިލިއަން) ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ތިން ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެއީ ދ. މާއެނބޫދޫ، އދ. މަހިބަދޫ އަދި ލ. މާވަށުގެ ބިން ހިއްކުމުގެ މަޝްރޫއެވެ.
މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 82،903،165.20 (82.9 މިލިއަން) ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މާވަށުގެ ބިން ހިއްކުމުގެ މަޝްރޫއު 66،386،044.80 (66.3 މިލިއަން) ރުފިޔާއަށް 240 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި އިރު، މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 43،672،633.38 (43.6 މިލިއަން) ރުފިޔާއަށް 240 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު