އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު އަލީ ނަޝާތުގެ ދައުރު މިއަދު ހަމަވެއްޖެއެވެ.
އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 25 ޖުލައި 2018 ގައެވެ.
ނަަޝާތުގެ ދައުރު މިއަދަށް ހަމަވުމާއެކު އީސީގައި މިހާރު ތިއްބަވާނީ ހަތަރު މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް އެ މައްސަލައަށް ގޮތެއް ނުނިންމައި ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.
މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ، ނަޝާތުގެ ދައުރު އިތުރުކުރުން ހިމެނޭހެން މުހިންމު ބައެއް ކަންކަން ނިންމުމަށް ދައުރު ދަންމާލުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދިފައިވަނިކޮށެވެ. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު