ޗައިނާ ސްކޫލެއްގެ ފުރާޅު ވެއްޓި 11 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ އިރުއުތުރު ޝީޖިހާރް ސިޓީގައި ހުންނަ އެ ސްކޫލުގެ ފުރާޅު ވެއްޓުނު ވަގުތު އެ ތަނުގައި 19 މީހުން ތިބި ކަމަށާއި އެއީ އެ ސްކޫލުގެ ވޮލީ ޓީމުގެ މީހުން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

މި ހާދިސާގައި އަނިޔާއެއް ނުވެ ސަލާމަތްވީ ހަތަރު މީހެކެވެ. އަނެއް 15 މީހުން ފުރާޅު ދަށުގައި ތާށިވި އިރު، އެ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުން، އެ އިމާރާތުގެ ފުރާޅު ވެއްޓުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ.