ވިޔަފާރި

ކޮކާ ކޯލާގެ ދެކުނު ހުޅަނގު އޭޝިއާގެ ނައިބު ރައީސްގެ މަގާމަށް އަޖޭ އައްޔަންކޮށްފި

ކޮކާ ކޯލާ އިންޑިއާއިން ދެކުނު ހުޅަނގު އޭޝިއާ ސަރަހައްދުގެ ފްރެންޗައިސް ނައިބު ރައީސްގެ މަގާމަށް އަޖޭ ވިޖޭ ބަތީޖާ އައްޔަންކޮށްފިއެވެ.

ކޮކާ ކޯލާ އިންޑިއާއިން ބުނީ އަޖޭއަކީ އެ ކުންފުނީގައި ގާތްގަނޑަކަށް 24 އަހަރު ހޭދަކޮށްފައިވާ ބޭފުޅެއް ކަމަށާއި އޭނާ ވަނީ މާކެޓިން އާއި ފްރެންޗައިޒްގެ ތަޖުރިބާ ހިމެނޭގޮތަށް ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައި ކަމަށެވެ.

"އަޖޭ ވަނީ 1999 ވަނަ އަހަރު ހިންދުސްތާން ކޮކާ-ކޯލާ ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑް (އެޗްސީސީބީޕީއެލް)ގެ ފްރޮންޓް ލައިން ސޭލްސް ޓީމާއެކު މަސައްކަތް ފަށައި، އެ ކުންފުނީގެ އެކި މަގާމުތަކުން ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދީފައެވެ. އޭނާ އަކީ 2005 ވަނަ އަހަރު ސަބްކޯ ވިއެޓްނާމްގެ މެކޮންގް ޑެލްޓާ ރީޖަންގެ ރީޖަން މެނޭޖަރެވެ. މި މުހިންމު ރޯލުގައި އޭނާ އިސްކޮށް ހުންނަވައިގެން ސޭލްސް އޮޕަރޭޝަންސް ފުޅާކުރައްވައި ކޮކާ-ކޯލާގެ އުފެއްދުންތައް ވިއްކާ މިންވަރު ވަނީ އިތުރުކުރައްވައިފައެވެ..،" ކޮކަ ކޯލާ އިންޑިއާއިން ބުންޏެވެ.

އަޖޭ އެނބުރި އިންޑިއާއަށް ވަޑައިގެންނެވީ ޑައިރެކްޓާ މާކެޓިން ފޯ ކޯލާސްގެ މަގާމަށް ކަމަށާއި އިންޑިއާ ވަޑައިގެން އޭނާ ވަނީ "ޝެއާ އަ ކޯކް" ކެމްޕެއިންގައި އިސްކޮށް މަސައްކަތްކުރައްވާފައި ކަމަށް ކޮކާ ކޯލާ އިންޑިއާއިން ބުންޏެވެ.

ހުޅަނގު ދެކުނު އޭޝިއާއަށް ފުރަތަމަ ފަހަރަށް ކޮކާ ކޯލާ ޒީރޯ ތައާރަފުކުރެއްވީ އަޖޭއެވެ. އޭނާ ވަނީ އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިންތައް މެދުވެރިކޮށް، 'ތަމްސްއަޕް' ބްރޭންޑް އަލުން ދިރުވައި އާލާކުރުމުގެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

"2018 އިން 2020 އަށް ބަންގުލަދޭޝްގެ ކަންޓްރީ މެނޭޖަރުގެ ހައިސިއްޔަތުން އަޖޭ ވަނީ ބޮޓްލިން ޕާޓްނަރުންނާ ގުޅިގެން، ދުނިޔޭގެ ފެންވަރުގައި ދަ ކޮކާ-ކޯލާ ކޮމްޕެނީ (ޓީސީސީސީ)ގައި ހިމެނޭ އެންމެ ބޮޑު ތިން މާކެޓުގެ ތެރޭގައި ބަންގުލަދޭޝް ހިމަނުއްވައިފައެވެ. 2020 ވަނަ އަހަރު ސީނިއާ ޑައިރެކްޓަރު - ފްރޮންޓް ލައިން މާކެޓިންއަށް ބަދަލުވެ، ސިޔާސަތުތައް އެއްގޮތްކޮށް، ވިޔަފާރި އާއި މާކެޓިންގެ ފަހި ގޮތްތައް ތަންފީޒުކުރުމަށް މަގުފަހިކޮށްދީ، އެ ކުންފުނީގެ އެންމެ މަޝްހޫރު މިއުޒިކަލް ފްރެންޗައިޒް ކަމަށްވާ "ކޯކް ސްޓޫޑިއޯ" ބަންގުލަދޭޝްގައި ކާމިޔާބުކަމާއެކު އިފްތިތާހުކުރެއްވިއެވެ. އޭނާ އިސްނަންގަވައިގެން ގެނެސްދިން "އިޒް ކުކިން" ކޯކް، ހާއްސަކޮށް "ކަލްކަތާ އިޒް ކުކިން"، ޕްލެޓްފޯމްގެ ސަބަބުން ކޮކާ-ކޯލާ ބްރޭންޑަށް އާންމުންގެ މެދުގައި އޮތް ލޯތްބާއި ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުމެއް ލިބުނު،" ކޮކަ ކޯލާ އިންޑިއާއިން ބުންޏެވެ.

އިންޑިއާގެ އިތުރުން، ހުޅަނގު ދެކުނު އޭޝިއާ ސަރަހައްދަށް ކޮކާ-ކޯލާ އިން ކަނޑައަޅާފައި ހުންނަވާ ރައީސް ސަންކޭތު ރޭ ވިދާޅުވީ، "ވިޔަފާރީގެ ވިސްނުމާ އަދި ކުރިއެރުމުގެ ވިސްނުމާ އެކު، އަޖޭ އަކީ ވިޔަފާރި އާ އުސްމިންތަކަކަށް ގެންދިއުމުގެ ރެކޯޑު އޮތް ބޭފުޅެއް. އަޅުގަނޑުމެން އުންމީދު ކުރަނީ، އޭނާގެ ވިޔަފާރީގެ ހުނަރުވެރިކަމާ ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުމާއެކު، ހުޅަނގު ދެކުނު އޭޝިއާ ސަރަހައްދުގައި އަޅުގަނޑުމެންގެ މަގްސަދު އިތުރަށް ފުޅާވެގެން ދާނެ" ކަމަށެވެ.

އަޖޭ ވަނީ މުމްބާއީގެ އެންއެމްއައިއެމްއެސް އިން މާސްޓާސް އިން މާކެޓިން މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. އަދި އޭނާ ވަނީ އެޗްއާރު ކޮލެޖް އޮފް ކޮމާސް އެންޑް އިކޮނޮމިކްސް އިން ކޮމާސްގެ ދާއިރާއިން ވެސް މަތީ ތައުލީމު ހާސިލުކުރައްވައިފައެވެ.