ސައުދީ އަރަބިއާގެ އައްސޭރިފަށުގައި 100 މިލިއަން ކަނޑޫ ގަސް އިންދަން ފަށައިފިއެވެ.

އެ މަޝްރޫއުގެ ދަށުން ކަނޑޫ ގަސްތައް އިންދަނީ ރެޑްސީއާއި ގަލްފު ކަނޑު ގުޅޭ ސަރަހައްދުގެ އައްސޭރި ފަށުގައެވެ. އަދި މިހާތަނަށް ހަ މިލިއަން ކަނޑޫ ގަސް އިންދާފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއު ނިންމާނެ ކަމަށް ސައުދީން ބުނެއެވެ.

މި މަޝްރޫއުއަކީ 2030 ވަނަ އަހަރަށް ސައުދީ ގްރީން އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ސައުދީގެ ކަމާބެހޭ އިދާރާއިން ވަނީ އެ ގައުމުގައި ކުރިއަށްގެންދާ އެ މަޝްރޫއުގެ ސަބަބުން މުސްތަގުބަލުގައި އެކަމުގެ ފުރިހަމަ ފައިދާ ލިބިގެންދާނެ ކަމަށް ބުނެފައެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެ ގައުމުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.