ވިއެޓްނާމްގެ މީހަކު ނުނިދާތާ 50 އަހަރުވެއްޖެ ކަމަށް ކަމަށް އޭނާ ބުނެފިއެވެ.

ވިއެޓްނާމްގެ އުމުރުން 81 އަހަރުގެ ދަނޑުވެރިޔަކު ވަނީ 1973 ވަނަ އަހަރުގެ ފަހުން ނުނިދާ ކަމަށްބުނެ އެތައް ބަޔަކު ހައިރާންކޮށްލައިފައެވެ.

ވިއެޓްނާމްގެ ކުއަން ނަމް ޕްރޮވިންސަށް އުފަން ތައި އެންގޮކް ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާ ކޮންމެ ދުވަހެއްގެ ހުރިހާ ވަގުތެއްވެސް ހުސްކުރަނީ ދަނޑު ހެއްދުމާއި އޭނާގެ ފާމް ގައި މަސް އާލާކޮށް އެ ބެލެހެއްޓުމުގައި ކަމަށް ބުނެފައެވެ.

އެންގޮކް ބުނީ އޭނާ ވަރުބަލި ނުވާ ކަމަށާއި އެގޮތުން އޭނާއަށް 50 ކިލޯ ގަސް ކާނާ، ހަތަރު ކިލޯމީޓަރުގެ ދުރުމިނަށް ކޮނޑުގައި އުފުލި ނަމަވެސް، ވަރުބަލިކަމުގެ އިހުސާސެއް އެއްވެސް ވަރަކަށް ނުކުރާ ކަމަށެވެ.

އެންގޮކް ވަނީ އޭނާއަށް ނިދުން ހުއްޓުނީ 1973 ވަނަ އަހަރު އައި ހުމެއްގެ ސަބަބުން ކަމަށް ބުނެފައެވެ. ފުރަތަމަކޮޅު ނުނިދޭތީ އެތައް ޑޮކްޓަރުންގެ ގާތަށް ގޮސް ފަރުވާ ކުރި ނަމަވެސް، ކާމިޔާބެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންގޮކްގެ ހަބަރު ބޭރުގެ މީޑިއާތަކުގެ ސުރުހީތަކަށް އެރުމާއެކު އޭނާގެ ހަގީގަތް ހޯދުމަށް ގިނަބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންގޮކް ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.