ނުރައްކާތެރި ބެކްޓީރިއާއެއްގެ ސަބަބުން ރަޝިއާގައި ފަރުވާދެމުންދިޔަ ބަލިމީހުންތަކެއް ފިލައިފިއެވެ.

ރަޝިއާގެ ސައިބީރިޔާ ރީޖަންގައި ބޭއްވި ޕާޓީއެއްގައި ބަޔަކު ކެއި އަހުގެ މަހުން ހަދާފައިވާ ކާއެއްޗެއްގެ ސަބަބުން ބަޔަކު ވަނީ އިންފެކްޓުވެ، ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހުންގެ ހަށިގަނޑުން ވަނީ ވަރަށް މަދުން ފެންނަ ނުރައްކާތެރި ބެކްޓީރިއާއެއްގެ އަސަރު ފެނިފައި ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާ ބަލިމީހުންގެ ހަށިގަނޑުން އެ ބެކްޓީރިއާގެ އަސަރު ފިލަންދެން އެމީހުން އެޑްމިޓް ކުރުމަށް ނިންމުމާއެކު އެމީހުން ފިލީ ކަމަށް އޮފިޝަލުން ބުނެއެވެ.

ބަލި މީހުންތަކެއް ފިލުމުގެ ސަބަބުން އެ ސަރަހައްދުގައި އެ ބަލީގެ އަސަރު ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ވަނީ ބެލެވިފައެވެ. އެމީހުން ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ރަޝިއާގައި މީގެ ކުރިންވެސް މިފަދަ ގޮތަކަށް ބަލި މީހުން ފިލުމުގެ ސަބަބުން ވަނީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ. އެގައުމުގެ ސަރުކާރުން މި ބާވަތުގެ ކަންކަން އާންމުންގެ ސަމާލުކަމަށް ނުގެނައުމުގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވާ ކަމަށްވެސް ދިރާސާތަކުން ވަނީ ދައްކައިފައެވެ.