ދުނިޔޭގެ އެންމެ ފުނަށް ކޮނުމުގެ މަސައްކަތް ޗައިނާއިން ފަށައިފިއެވެ.
ޗައިނާއިން ވަނީ ދުނިޔޭގެ އެންމެ ފުނުގައި ބޭނުންކުރެވިދާނެ ގުދުރަތީ އާލާތްތައް ހުރިތޯ ބެލުމަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.
މީގެ ހަފުތާއެއް ކުރިން ޗައިނާގެ އިރުދެކުނުން އޮންނަ ސިޗުއާން ގައި ވެސް ކޮންނަން ފަށާފައިވާ އިރު، އެ ސަރަހައްދު 10،520 މީޓަރުގެ ފުންމިނަށް ކޮނުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާގެ އެ ސަރަަހައްދަކީ މީގެ ކުރިންވެސް ގޭހާއި މައުދަން ފެނިފައިވާ ސަރަހައްދެއް ކަމަށް އެގައުމުގެ އިންޖިނިއަރުން ވަނީ ބުނެފައެވެ.
ޗައިނާއިން އަލަށް ކޮންނަން ފަށާފައި މިވަނީ އެގައުމުގެ ހުޅަނގު ދެކުނުން އޮންނަ ޒިންޖިއާން ސަރަހައްދު ކަމަށް އެގައުމުގެ މީޑިއާއިން މައުލޫމާތު ދެއެވެ.
ޗައިނާ އިން ކޮންނަން އަމާޒު ހިފާފައިވާ ފުންމިނަކީ 11،100 މީޓަރެވެ.
ޗައިނާ އިން ފަށާފައި މިވާ މަސައްކަތް ކާމިޔާބުވެެއްޖެ ނަމަ، މިއީ އިންސާނުން ދުނިޔޭގެ އެންމެ ފުނަށް ކޮންނަ ފަހަރު ކަމަށް ވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ