ކެނޯއެއްގައި މިސިސިޕީ ކޯރު ހުރަސްކޮށް ރެކޯޑެއް މުގުރާލައިފިއެވެ.

ހަތަރު މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން މުގުރާލާފައި ވަނީ ގަލްފް އޮފް މެކްސިކޯގެ އިޓަސްކާ ކޯރުން ފެށިގެން އެންމެ އަވަހަށް ފަލި ޖަހާފައި މިސިސިޕީ ކޯރު ހުރަސްކޮށްގެން ހަދާފައި އޮތް ރެކޯޑެވެ.

ކުރިން އެ ރެކޯޑް ހަދާފައިވަނީ 2021 ވަނަ އަހަރުއެވެ. އެއީ 17 ދުވަހާއި 19 ގަޑިއިރާއި 46 މިނެޓު ތެރޭގައެވެ. ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސްގައި ބުނެފައިވާ ގޮތުން، އެ ރެކޯޑް މުގުރާލި ޓީމުން ވަނީ 16 ދުވަހާއި 20 ގަޑިއިރާއި 16 މިނެޓުން މިސިސިޕީ ކޯރު ހުރަސްކޮށްފައެވެ.

ދަތި އުނދަގޫ ދަތުރަކަށް ފަހު ރެކޯޑު މުގުރާލި ޓީމުން ވަނީ މިއަށްވުރެ އަވަހަށް އެ ރެކޯޑު މުގުރާލުމަށް އަނެއްކާވެސް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.