އިންޑިއާއިން ހަނޑޫ އެކްސްޕޯޓް ކުރުން މަޑުޖައްސާލައިފިއެވެ.

އިންޑިއާއިން ހައްދައި އެކްޕޯޓްކުރާ ހުދު ހަނޑޫ އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ނިންމާފައިވަނީ ބޯކޮށްވާރޭ ވެހުުގެ ސަބަބުން އެ ގައުމުގައި ހައްދާ ހަނޑުލުގެ ނިސްބަތް މަދުވެ ހަނޑުލުގެ އަގު 11 ޕަސެންޓަށް އިތުރުވުމާ ގުޅިގެންނެވެ.

އިންޑިއާގެ ހަނޑޫ އެކްސްޕޯޓް ކުރާ ނިސްބަތަށް ބަލާއިރު ހުދު ހަނޑުލަކީ އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކުރާ ބާވަތެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ އިންޑިއާއިން އެޅި އެ ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން ދާނެ ކަމަށް ބުނެފައެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަނޑުލާއި ފުށުގެ އަގަށް ބޮޑު ބަދަލެއް އައިސްފައިވާ ދަނޑިވަޅެއްގައި އިންޑިއާއިން މި އެޅި ފިޔަވަޅުގެ ސަބަބުން އިތުރު ގުޑުމެއް ވިޔަފާރިތަކަށް އަންނާނެ ކަމަށްވެސް ލަފާކުރެއެވެ.

މިދިޔަ އަހަރު އިންޑިއާއިން ވަނީ އެ ގައުމުން އެކްސްޕޯޓް ކުރާ މުދަލުން ނަގާ ޓެކްސް ވެސް 20 ޕަސެންޓް ބޮޑުކޮށްފައެވެ. އޭގެތެރޭގައި ހަކުރާއި ފުށްވެސް ހިމެނެއެވެ.