އިޓަލީއަށް ގަނޑުފެނުގެ ވާރޭވެހި 110 މީހުންނަށް އަނިޔާވެއްޖެއެވެ.

އިޓަލީގެ އުތުރުގެ ސަރަހައްދުތަކަށް 10 ސެންޓިމީޓަރު ހުންނަ ޓެނިސް ބޯޅައެއްގެ ސައިޒު ހުންނަ އައިސް ބޯޅަތަކެއް ވަނީ ވެހިފައެވެ.

ސްޕެއިންގެ އިމަޖެންސީ ސާވިސް އިން ވަނީ މީހުންނަށް އަނިޔާވުމާއި އިމާރާތްތަކަށް ގެއްލުންވުމުގެ 500 އަށްވުރެ ގިނަ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ގަނޑުފެނުގެ ވާރޭގެ ސަބަބުން ލިބިފައި ހުރި ގެއްލުންތައް ބެލުމަށް އެ ގައުމުގައި ރެސްކިއު އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.

އިޓަލީއަށް ގަނޑުފެނުގެ ވާރޭ ވެހުނުއިރު، ޔޫރަޕްގެ ގައުމުތަކަށް މޫސުމީ ބޮޑެތި ކާރިސާތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކަށް މިހާތަނަށް ދުވަހަކުވެސް ނުވާވަރަށް ހޫނުވެފައިވާއިރު، އިޓަލީގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ސްޕެއިންއާއި ގްރީސްގެ ބައެއް ކަންކޮޅުތަކަށް ހޫނުމިން 41 ޑިގްރީއަށްވުރެ މަތިވެފައިވެއެވެ.