ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ޕްރައިމަރީގައި ވާދަކުރައްވާތީ މެމްބަރުންގެ ތާއިދު އޭނާއަށް ދިނުމަށް އެދޭ ކަމަށެވެ.
"2023ގެ ރިޔާސީ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރާާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ގަސްދުކުރާ ވާހަކަ ދެންނެވީމެވެ. މެމްބަރުންގެ ތާއީދަށް އެދެމެވެ..،" އިލްޔާސް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމައިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެ ޕާޓިއަކީ އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޕާޓީއެކެވެ.
ނަޝީދު ވަނީ މިމަހުގެ 13 ވަނަ ދުވަހު އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެ ޕާޓީ އުފެއްދުމުގައި އަދި އެ ޕާޓީގެ ސިޔާސަތާއި ކުރިމަގު ބިނާކުރުމުގައި ނަޝީދުގެ ބައިވެރިވުން އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު