ހުރިހާ ރޮނގަކުން ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރީން ދެތިން އަހަރު ތެރޭ ނެރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އެެކި ރަށްރަށުގައި 41 ފުޓްބޯޅަ ދަނޑާއި 70 ފުޓުސަލް ދަނޑާއި 17 ވޮލީ ކޯޓު އަދި 54 އައުޓް ޑޯ ޖިމް ހަދާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޒުވާނުން ރާއްޖެ ތަމުސީލުކޮށް 35 ގޯލްޑް މެޑަލްއާއި 18 ސިލްވާ މެޑަލްއާއި 89 ބްރޯންޒް މެޑަލް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަަނޑަށް ފެނޭ ކުރިއަށް މި އޮތް ދެތިން އަަހަރު ދުވަހުގެ ތެރޭގައި މި ރީޖަންގައި ހުރިހާ ކުޅިވަރެއްގައި ފައިހަމަ ކުރެވޭނެ ޒުވާނުން އަޅުގަނޑުމެންނަށް ތައްޔާރުކޮށް ނެރެވޭނެ،" ޒުވާނުންގެ ވިސްނުމާއި ހުނަރު އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު