އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ގޮތް ނޭނގޭ އެއްޗެއް ލައްގައިފިއެވެ.

ސިލިންޑަރެއްގެ ބައްޓަމަށް އޮތް އެއްޗެއް އޮސްޓްރޭލިއާގެ ހުޅަނގުން އޮންނަ ސިޓީއެއްގެ އަތިރިއަށް ލެއްގި ހަބަރާއެކު އޮސްޓްރޭލިއާގެ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ ތަހުގީގު ފަށާފައެވެ. އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ވަނީ އެއީ ޖައްވަށް ފޮނުވާލާފައިވާ ރޮކެޓެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ގޮތް ނޭނގޭ އެތި ލެއްގި ގޮނޑުދޮށް އޮސްޓްރޭލިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ވަނީ އޭގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތްކަމަށްވެސް ބުނެފައެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ބޭރު ގައުމުތަކުގެ އެހީގައި އޭގެ އަސްލު ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.