ސްކޮޓްލޭންޑްގެ ރަށަކަށް 50 އަށްވުރެ ގިނަ ޕައިލެޓް ވޭލް ލައްގައިފިއެވެ.
ސްކޮޓްލޭންޑްގެ އިރު އުތުރުން އޮންނަ ރަށެއްގެ ގޮނޑުދޮށަށް ވޭލްތައް ލެއްގިތާ މާގިނަ އިރުތަކެއް ނުވެ މަރުވެފައިވާކަމަށް އިނގިރޭސި ޖަމިއްޔާއަކުން ވަނީ ބުނެފައެވެ.
ބްރިޓިޝް ޑައިވާސް މެރިން ލައިފް ރެސްކިއުގެ ޓީމުން ވަނީ އެ މީހުންނަށް އެހިސާބަށް ދެވުނުއިރު ގިނަ ވޭލްތައް މަރުވެފައިވާކަމަށް ބުނެފައެވެ.
ގޮނޑުދޮށަށް ލެއްގި ވޭލްތައް ސަލާމަތް ކުރަން ކުރި މަސައްކަތުން 15 ވޭލް ސަލާމަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެސްކިއު ޓީމުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ވޭލްތައް މަރުވާން ދިމާވީ އެއްގައުމުގައި ގިނަ އިރުވުމުގެ ސަބަބުންނެވެ. އެއީ އޭގެ ބަރުދަނުގެ ސަބަބުން ފެނުން ބޭރުގައި ގިނަ އިރުވީވަރަކަށް ހަށިގަނޑަށް ޕްރެޝަރު ބޮޑުވެ އެތެރޭގެ ގުނަވަންތައް ފެއިލިވެގެން ކަމަށްވެސް އޮފިޝަލު ބުނެފައިވެއެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ